މައްސަލަތައް އަވަސްކުރުމަށް ސީޕީއާ ޕީޖީ މަޝްވަރާކުރައްވައިފި
ދެބޭފުޅުންގެ މިބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އާދީއްތަ ދުވަހު، ދިވެހި ފުލުހުންގެ ހެޑްކުއާޓަރޒް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައެވެ. މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓަރ ޖެނެރަލަށް މަރުޙަބާ ދަންނަވައި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައިވެއެވެ.